Banner Image Description

ހއ. އުލިގަމު މީހާއާ ކޮންޓެކްވި މީހަކު ކޮވިޑަށް ފައްސިވެއްޖެ

ޢަބުދުﷲ ޙަމީދު

ހއ. އުލިގަމުން ކޮވިޑަށް ފައްސިވި މީހާ (ކޭސް 52) އާއި ޑައިރެކްޓް ކޮންޓެކްޓުވި ފަރާތެއް ކޮވިޑަށް ފައްސި ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ގޮތުގައި މިރޭ މާލެއިން ފައްސިވި ދިވެހިމީހާ (ކޭސް 84) އަކީ މީގެކުރިން ހއ. އުލިގަމުން ޕޮޒިޓިވްވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ.

އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ، އިހަވަންދޫގައި ދުއްވާ ކާވިޔާ ބޯޓުގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ.

ކާވިއާ ބޯޓަކީ ހދ. އަދި ހއ.ގެ ގިނަ ރަށްތަކަށް ދަތުރު ކުރާ ބޯޓެކެވެ. އެހެންވެ އެ ބޯޓު މަޑުކޮށް މީހުން ބޭލި ގިނަ ރަށްތަކެއް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރުކުރި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.