ކާވިޔާ ބޯޓު 14 ދުވަހަށް ކަރަންޓީނު ކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި ދުއްވާ ކާވިޔާ ބޯޓު 14 ދުވަހަށް ކަރަންޓީނު ކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ (އާދިއްތަދުވަހުގެރޭ) 8:00 ގައި ކާވިޔާ ބޯޓުގެ ވެރިފަރާތަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ ކާވިޔާ ބޯޓުން ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ކޮވިޑު 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ބޯޓު 14 ދުވަހަށް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

ކާވިޔާ ބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހަކު ވަނީ ކޮވިޑު19 އަށް ފައްސިވެފައެވެ.

އެޗްޕީއޭއިން އަންގާފައި ވަނީ އުޅަނދުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕުރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން އުޅަނދުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އުޅަނދަށް އެރުމަކީ މަނާކަމެއް ކަމަށެވެ.