އުލިގަމުން ކޮރޯނާ ވައިރަހަށް ސްކުރީން ކުރި މީހެއްގެ ސާމްޕަލް ފައްސި ވެއްޖެ

ޢަބުދުﷲ ޙަމީދު

ހއ.އުލިގަމުން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގިފަރާތުގެ ސްކްރީން ޓެސްޓު ފައްސިވެއްޖެއެވެ.

މިވަގުތު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށްގެންދާ ޕުރެސް ކޮންފަރެންސްގައި، މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނަޒްލާ ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން ބޯޓެއްގައި ފުރާގެން އުލިގަމަށް ދަތުރުކުރި މީހެއް ބަލީގެ އަލާމާތްތައް ފެނިގެން ކުރި ސްކްރީން ޓެސްޓުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމާހާގެ ކޮވިޑް19 ގެ ނަތީޖާ އަދި ނުލިބޭކަމަށް މިއަދުގެ ޕުރެސްގައި ވަނީ ބުނެފައެވެ.

އެހެން ކަމުން މި ބޯޓުން ދަތުރުކުރި ފަރާތްތަކާއި ޖެއްސި ރަށްތައް ބަލައި އެރަށްތަކުގައި ކޮންޓެކްޓް ޓުރޭސިންގެ މަސައްކަތް ކުރަމުންދާތީ އެރައށްތައްވެސް މިވަގުތު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.