އުލިގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ޢަބުދުﷲ ޙަމީދު

ކޮރޯނާ ވައިރަސް އަށް ފައްސިވި މީހަކު ދިރިއުޅޭ އިމާރާތެއްގައި އުޅުނު މީހަކު ހއ. އުލިގަމަށް ގޮސް އުޅޭތީ، އޭނާގެ ސާމްޕަލް ނަގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް މިއަދު ގެންގޮސްފިއެވެ.

 އުލިގަމަށް އަރައި ފޭބުން މިހާރު މަނާކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އަކީ މި ވައިރަސް އަށް މާލެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ އާ އެއް އިމާރާތެއްގައި އުޅޭ މީހެކެވެ. އޭނާ އުލިގަމަށް އައިސްފައި ވަނީ މިދިޔަ ހަފުތާގައި އިހަވަންދޫގައި ދުއްވާ ކާވިޔާ ބޯޓުންނެވެ. މިބޯޓުން އިހަވަންދޫގެ ގިނަބަޔަކުވެސް މާލެއިން އައިސްފައި ވެއެވެ.