Banner Image Description

ދަނޑުވެރިކަން ކުރުމަށް ހޯރަފުށިން ބިންދޫކުރަނީ

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީގެ ކައުންސިލް އިން ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް  ފުރުސަތު ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ހޯރަފުށީގައި ދަނޑުވެރިކަމުގެ އުފެއްދުންތަށް އިތުރުކުރަން ބޭނުންވާތީ ބިމުގެ ތަނަވަސްކަން ހުރި މިންވަރަކުން ބިން ދޫކުރަން ގަސްތުކުރާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތް ތަކުން ފޯމު ދޫކުރުމާއި ބަލައިގަތުން އާދީއްތަ އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެއިދާރާ ގައި އޮންނާނެ ކަމަށް ކައުންސިލް އިން ބުނެއެވެ.

އިއުލާނުގައި ވާގޮތުން ފޯމު ދޫކުރާ ފަހު ތާރީޚަކީ އަންނަ އެޕްރީލް 21 ވަނަ ދުވަހުގެ 14:00 ނިޔަލަށެވެ.

ހޯރަފުށީ ކައުންސިލުން އިތުރަށް ބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައި ދިނުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.