Banner Image Description

ކޮވިޑް-19: ރަށުންބޭރުގައި ވަޒީފާ އަދާކުރާ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ

ޢަބުދުﷲ ޙަމީދު

ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް އާންމުކޮށް ހުޅުވާލައިފިއެވެ.

އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތަށް އޮންލައިން ކޮށް އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތް އެ ކައުންސިލުންވަނީ ހަމަޖައްސައިދީފައެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން 9 މީހުން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް ދަށް ކުރެވިފައެވެ.