ކޮވިޑު19: މަނަފަރު ރިސޯޓު މޮނިޓަރިންއަށް

ޢަބުދުﷲ ޙަމީދު

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން، ޖޭއޭ މަނަފަރު ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ޓެސްޓް ކުރަނީ ޖޭ.އޭ މަނަފަރު މޯލްޑިވްސް ރިސޯޓްގައި ހުރި ދިވެއްސެއް ކަމަށެވެ.

ނަމަވެސް އެއީ އެރިޒޯޓުގެ މުޢައްޒަފެއް ކަމެއް ނުވަތަ އެހެން ބޭނުމެއްގައި ރިޒޯޓްގައި މަޑުކޮށްފައިވާ މީހެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. މި ޙާލަތާއި ގުޅިގެން ޖޭ.އޭ މަނަފަރު މިހާރުވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ.

ރާއްޖެއިން ކޯވިޑް 19އަށް މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހުންނެވެ. އެ އެންމެންނަކީވެސް ބިދޭސީންނަށް ވާއިރު މިހާރު 5 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.