Banner Image Description

ކޮވިޑް 19: މަރުކަޒަށް ޒިޔާރާތް ކުރުން މަނާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް

ޢަބުދުﷲ ޙަމީދު

އާމިނާދިޔޯ ސިއްހީމަރުކަޒުގައި އެޑްމިޓިކޮށްފައިތިބޭ ބަލިމީހުން ކައިރިއަށް ޒިޔާރަތްކުރުން މަނާކޮށް، އެކިއެކި ބޭނުންތަކުގައި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

ސިއްހީމަރުކަޒުން ބުނެފައިވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައި އެވަނީ މިދުވަސްވަރު ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާތީއާއި ރައްޖޭގެ ބައެއް ރިސޯޓުތަކުން ކޮވިޑް 19 އަށް ޕޮޒިޓިވްވާ ބަލިމީހުން ފެންނަމުންދާތީ، އިހަވަންދޫގައި އެފަދަ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިގޮތުން މަރުކަޒުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަކީ މަނާކަމެއްކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި އެޑްމިޓް ކުރެވިފައި ތިބޭ ބަލިމީހުންގެ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި އެއްވަގުތެއްގައި އެއްބޭފުޅަކަށްވުރެ އިތުރަށް ނުތިއްބެވޭ ގޮތަށްވެސް ވަނީ ހަމަޖެއްސިފައެވެ. ޑޮކްޓަރަށް ދަށްކަވަން ވަޑައިގަންނަވާ ބަލިމީހުންނާއެކު އެހީތެރިއެއްގެ ގޮތުގައި އެއްބޭފުޅަކަށްވުރެ ގިނައިން މަރުކަޒަށް ވަޑައިނުގެންނެވުމަށް އެދިފައިވާއިރު، ވަރަށް މުޙިއްމު ބޭނުންތަކަށް ފިޔަވާ އެއްވެސް ބޭފުޅަކު މިދުވަސްވަރު މަރުކަޒަށް ވަޑައިނުގެންނެވުށާއި އެފަދަ ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުންވެސް މަރުކަޒުގައި ހޭދަކުރައްވާ ވަގުތު ވީހާވެސް މަދު ކުރެއްވުށްވެސް ސިއްހީމަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.