އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސްގެ ރޭހުގައި ވާދަވެރިކަން ބޮޑުވެއްޖެ!
އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް ކަމުގެ ރޭހުގައި ވާދަވެރިކަން ބޮޑުވެއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރަށް ޕީޕީއެމްގެ ސްޕަ މެޖޯރިޓީ ކައުންސިލެއް ހޮވިފައިވާއިރު މާދަމާ އައު ކައުންސިލް ހުވާކުރާނެއެވެ. އަދި ކައުންސިލްގެ ފުރަތަމަ ޖަލްސާގައި އައު ކައުންސިލްގެ ނައިބް ރައީސް ހޮވުން އޮންނާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލްގެ ނައިބް ރައީސް ކަމަށް ރަސްމީކޮށް ޝައުގެވެރިކަން ފާޅުކޮށްފައިވަނީ މިހާރުވެސް ކައުންސިލްގައި އިންނަވާ އަޙްމަދު ރިޞްވާންގެ އިތުރުން އަލަށް ކައުންސިލަށް އިންތިހާބުވި މުހައްމަދު އަރީބްއެވެ.
އެދެބޭފުޅުން ނައިބް ރައީސް ކަމުގެ މަގާމަށް ކެމްޕެއިން ކުރަމުން ދާކަމަށް ކައުންސިލަށް އިންތިހާބުވެފައިވާ މެމްބަރަކު މިނޫހަށް މައުލޫމާތު ދެއްވިއެވެ. އަހަމަދު ރިޞްވާން ކައުންސިލްގެ ނައިބްރައީސް ކަމުގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވަމުން ވިދާޅުވެފައިވަނީ އެބޭފުޅާ ކައުންސިލްގެ ނައިބް ރައީސްކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރިކަމަށާއި، ނައިބް ކަމަށް ކުރިމަތިލާން ނިންމައިފި ކަމުގައެވެ. އަދި އެބޭފުޅާއަށް ތާއީދު ކޮށްދިނުމަށްވެސް އެހެން އިންތިހާބީ ކައުންސިލަރުންގެ ކިބައިން އެދިލައްވާފައިވެއެވެ. އަރީބްވެސް ވަނީ އެބޭފުޅާ ކައުންސިލްގެ ނައިބް ރައީސް ކަމަށް ކުރިމަތިލުމަށް ނިންމައިފަވާކަން އިއުލާންކޮށް، އެކަމަށް އެބޭފުޅާ ކުރިމަތިލުމަށް ނިންމި ގިނަ ސަބަބުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން އެބޭފުޅާ ހިއްސާކުރައްވާފައިވާ ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަ ޒުވާނުން އެބޭފުޅާ ކުރިމަތިލުމަށް އެދެމުން ދިޔުމާއި، ގުޅިގެން އިހްލާސްތެރި ކަމާއިއެކު މަސައްކަތްކޮށް، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވިދާނެކަމަށް އެބޭފުޅާޔަށް ގަބޫލުކުރެވުމުގެ އިތުރުން ޕާޓީއަށް (ޕީޕީއެމްއަށް) އިހްލާސްތެރި ކަމާއިއެކު ހިދުމަތްކުރުންމަތީ ދެމިހުރެ ޕާޓީގެ އެންމެހާ ކަންކަމުގައި ފުރިހަމަޔަށް ބައިވެރިވެވޭނެކައެވެ.
ޕީޕީއެމް އިން މިރޭވަނީ އެޕާޓީއަށް މެޖޯރިޓީ އޮތް ކައުންސިލްތަކުން ނާއިބު ރައީސުން ކަނޑައެޅުމުގައި އަމަލު ކުރަންވީ ގޮތް އަންގައިފައެވެ. އެގޮތުން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ މެންބަރެއްނަމަ އެ މެންބަރަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދިނުމަށް އެދިފައިވާއިރު ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށްވުރެ ގިނަ ނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ވެވޭނަމަ އެ މެންބަރަކަށް ތާއީދުކޮށް ވޯޓު ދިނުމަށެވެ.
ޕީޕީއެމް އިން އެގޮތަށް އަންގާފައިވާއިރު އިހަވަންދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ހޮވިފައިވާ ކައުންސިލަރުންގެ މެދުގައި ޕީޕީއެމްގެ އެންގުމާއި އެއްގޮތަށް އަމަލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއްވެސް ނިންމުމަކާއި ހަމަޔަށް އަދި އާދެވިފައެއް ނުވެއެވެ. ރިޞްވާން އަދި އަރީބްގެ އިތުން ޕީޕީއެމްގެ ޓިކްޓަގައި ކައުންސިލަށް ހޮވިފައިވާ މުހައްމަދު ޒާހިރުވެސް ކައުންސިލްގެ ނައިބްކަމަށް ޝައުގުވެރިވެލައްވައެވެ.
އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި
22 - މޭ - 2022
އަރީބް އަށް ނައިބްކަން ދޭން ޕީޕީއެމްއިން ނިންމައިފި!
17 - މޭ - 2021
ޕީޕީއެމް އަށް ނިސްބަތްވާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ކައުންސިލަށް ފާޑުކިޔަނީ
18 - އޭޕްރީލް - 2021
މަސްވެރިކަމުގެ ސިނާޔަތް ކުރި އަރުވަން އޮތް މިނިސްޓުރީ ވަނީ ފެތިފަ: ރިޟްވާން
5 - ޑިސެމްބަރު - 2020
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް