އަރީބް އަށް ނައިބްކަން ދޭން ޕީޕީއެމްއިން ނިންމައިފި!
އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް ކަމުގެ ރޭހުގައި ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، އިންތިހާބީ ޕީޕީއެމް ކައުންސިލަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން އިހަވަންދޫ ކައުންސިލްގެ ނައިބްރައީސް ކަން މުހައްމަދު އަރީބްއަށް ދިނުމަށް ފާސްކޮށްފިއެވެ.
ޕީޕީއެމް ސްޓިއަރިންގް ކޮމިޓީގައި އިންނަވާ ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނައިބް ރައީސަށް ވޯޓްދޭނެ ކައުންސިލަރަކު ހޮވުމަށް ބޭއްވުނު ބައްދަލުވުމުގައި ވޯޓް ދިނުމުގެ ފުރުސަތު ދީފައިވަނީ އިންތިހާބީ ރައީސްގެ އިތުރުން އަންހެން ކަނބަލުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުވެފައިވާ 2 އިންތިހާބީ ކައުންސިލަރުންނާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެފައިވާ 3 އިންތިހާބީ ކައުންސިލަރުންނަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނައިބް ރައީސްކަމަށް ތިން ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކޮށް ވާދަކުރިއެވެ. އެކީ މުހައްމަދު އަރީބް، އަހްމަދު ރިޞްވާން އަދި މުހައްމަދު ޒާހިރުއެވެ. އަރީބް، 6 ވޯޓްގެ ތެރެއިން 3 ވޯޓް ކާމިޔާބު ކޮށްފައިވާއިރު ޒަހީރުވަނީ 2 ވޯޓް ކާމިޔާބުކޮށްފައެވެ. ރިޞްވާނަށް ކާމިޔާބު ކުރެވުނީ އެއްވޯޓެވެ.
ޕީޕީއެމްގެ އިންތިހާބީ ކައުންސިލަރުންގެ މެދުގައި އަރީބަށް ނައިބް ރައީސްކަން ދިނުމަށް ނިންމާފައިވީނަމަވެސް، ކައުންސިލްގެ ނައިބް ރައީސް ރަސްމީކޮށް ކަނޑައަޅާނީ މިއަދު އޮންނަ އައު ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.
އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި
22 - މޭ - 2022
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސްގެ ރޭހުގައި ވާދަވެރިކަން ބޮޑުވެއްޖެ!
17 - މޭ - 2021
ޕީޕީއެމް އަށް ނިސްބަތްވާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ކައުންސިލަށް ފާޑުކިޔަނީ
18 - އޭޕްރީލް - 2021
މަސްވެރިކަމުގެ ސިނާޔަތް ކުރި އަރުވަން އޮތް މިނިސްޓުރީ ވަނީ ފެތިފަ: ރިޟްވާން
5 - ޑިސެމްބަރު - 2020
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް