މެމްބަރު ޝިފާއު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ޢަބުދުﷲ ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާޢު، ހއ. އިހަވަންދޫ ރައްޔިޔުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ އިދާރާއިން މިއަދު އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާޢު، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ބާއްވާ ހާއްސަ ބައްދަލުވުމެއް 06 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30 ގައި، ރަށްވެހިހިޔާ ހޯލުގައި އޮންނާނެކަމަށެވެ.

އެބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ އިހަވަންދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެއިދާރާގެ ޢިއުލާންގައި ބުނެފައިވެއެވެ.