އިހަވަންދޫ ކައުންސިލުން ބާއްވާ ޒުވާނުންގެ ބޮޑު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12:00 އަށް ހަމަވާނެ އެވެ.
ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ރަށުކައުންސިލުން ކޮންމެ އަހަރަކު ބާއްވާ މި ދަތުރު މިއަހަރު އޮންނާނީ އަންނަ ހޮނި ހިރު ދުވަހު ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައި ވެއެވެ.
މިއީ އެމްޑީޕީ އަށް ނިސްބަތްވާ 5 ކައުންސިލަރުން އިންތިހާބުވެފައިވާ އިހަވަންދޫ ކައުންސިލުން މިފަދަ ދަތުރެއް ކުރާ ތިންވަނަ ފަހަރެވެ. އެ މެމްބަރުން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު އާއްމު ކުރެއްވި މެނިފެސްޓޯގައިވެސް މިފަދަ ދަތުރެއްގެ ވާހަކަ ހިނަމާފައިވާކަން ފާހަގަ ކުރެވެއެވެ.
މިދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރުން މިރޭގެ 12:00 ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ. ދަތުރުގައި ބައިވެރިވުމަށް ގުޅުއްވާނެ ނަންބަރުތަކަކީ:
ކައުންސިލް މެމްބަރ މުޙައްމަދު މަފާޒު: 9645777
ކައުންސިލް މެމްބަރ އަހްމަދު ރިޟްވާން: 9793810
އެސިސްޓެންޓް ޑިރެކްޓަރ ޢަލީ އަރުޝަދު: 9850584