އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޢަބުދުﷲ ޙަމީދު

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އިޢުލާނު ކޮށްފިއެވެ.

މިމަހު 4 ވަނަދުވަހު އެމިނިސްޓުރީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުގައި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި އޮންނާނެ އެވެ.

މިމަސައްކަތުގެ އަންދާސީހިސާބު ހުށަހެޅުން 18 ޑިސެމްބަރ 2019 ވާ ބުދަދުވަހު ހެނދުނު 9:00 ގައި  ވެލާނާގެ 3 ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށް ޔޫތު މިނިސްޓުރީން އިޢުލާނުކޮށްފައި ވެއެވެ.

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓުރީން އިޢުލާނުކޮށްފައިވާއިރު، ޔޫތު މިނިސްޓުރީގެ އެދިލެއްވުމުގެ މަތިން އިހަވަންދޫ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން މިކަމަށް އެދި ހުށައަޅާ ބީލަން ހުޅުވުން އޮންނާނީ 10 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ހއ. އިހަވަންދޫގައި ޒުވާނުންނަށް ޓާފުއެޅި ބޮޑު ދަނޑެއް އެޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެލައްވާފައެވެ.