Banner Image Description

ތިންވަނަ ހޯދުމަށް ލިބުނުފުރުސަތު އިހަވަންދޫން ނަގާލައިފި

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް ހަނިމާދޫ އަތުން ބަލިވުމުން، ގްރޫޕްގެ 3 ވަނަ ހޯދުމުގެ ފުރުސަތު އިހަވަންދޫއަށް ގެއްލިއްޖެއެވެ. ހަނިމާދޫ ދަނޑުގައި މިމަހުގެ 4 ވަނަދުވަހު ކުޅުނު މިމެޗުން އިހަވަންދޫ ބަލިވީ 5-2 ލަނޑުންނެވެ.

މިމެޗްގައި ހަނިމާދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ހައިޝަމް، އަހްމަދު ޒަޔާން، ނައުފަލް އަބްދުލްރައޫފްގެ އިތުރުން އާލިފް އިބްރާހިމާއި އާސިފް ސަލީމެވެ. އިހަވަންދޫގެ ދެ ލަނޑު ވެސް ޖަހައިދީފައިވަނީ އަހްމަދު ޔާސިރެވެ. މިމެޗްގައި އިހަވަންދޫ ޓީމަށްވަނީ 3 ރާތްކާޑު ދައްކާފައެވެ.

ފުރަތަމަ ލެގްގައި މިދެޓީމް ބައްދަލުކުރި މެޗްވެސް 3-0 އިން ކާމިޔާބުކުރީ ހަނިމާދޫ ޓީމެވެ.

މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ކުޅުދޫފުއްޓާއި ދެކޮޅަށެވެ. އެމެޗްކުޅޭނީ މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ދަނޑުގައެވެ.