Banner Image Description

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީގެ ހިންގާ ކޮމިޓީ އެކުލަވައިލާފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ކަނބަލުން ބާރުވެރިކުރުވުގެ ބޭނުމުގައި އުފެއްދި އިހަވަންދޫ ވިމެންސް ކޮމިޔުނިޓީގެ، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގެ ފުރަތަމަ ހިންގާ ކޮމިޓީ އެކުލަވައިލާފިއެވެ. ހިންގާ ކޮމިޓީގެ މަޤާމްތަކަށް މެމްބަރުން އައްޔަންކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުންނެވެ.

ޖަމިއްޔާގެ ރައީސާގެ މަޤާމަށް ހޮވިފައިވަނީ ފާތިމަތު ޝާއިރާއެވެ. އިހަވަންދޫގައި ހަރަކާތްތެރިވާ ނައިބު ރައީސާގެ މަޤާމަށް ފާތިމަތު ސައުދާ ހޮވުނުއިރު މާލޭގައި ހަރަކާތްތެރިވާ ނައިބު ރައީސާގެ މަގާމަށް ހޮވިފައިވަނީ ފާތިމަތު ޝިހުޒާއެވެ. ޖެނެރަލް ސްކެޓްރީގެ މަޤާމަށް ޒުލައިހާ ޖައުފަރު ހޮވުނުއިރު ހަޒާންދާރަކަށް ހޮވިފައިވަނީ ހައްވާ މާޖިދާއެވެ. ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ހިންގާ ކޮމިޓީގެ ހާއްސަ މެމްބަރުންގެ ގޮތުގައިވެސް ވަނީ 4 މެމްބަރަކު ހޮވާފައެވެ. އެއީ މަރްޔަމް އިބްރާހިމް، މަރިޔަމް ރުހުޒީ، ނަރިޔަމް އިފާޒާ އަދި މަރިޔަމް ސަމާހަތުއެވެ.

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި މަދަނީ ޖަމިއްޔާއެއްގެ ރަޖިސްޓްރީ ކޮށްފައިވަނީ 25 އޮކްޓޯބަރ 2021 ގައެވެ. އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ރަސްމީކޮށް މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ކުރިންވެސް، އިހަވަންދޫގައި ހިންގޭ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަންހެން ކަނބަލުން އިސްވެ، އިހަވަންދޫގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގުރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވިފައި ވެއެވެ.