Banner Image Description

އެޗްވީ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް އައު ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހަޒް އިންވެސްޓް މެންޓާއި 1 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައި ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް އެކުންފުނިން މިއަދު ވަނީ ފަށާފައެވެ. ފެނަކައިންބުނީ އެޗްވީ ކޭބަލް އަޅާނީ ޓްރާންސްފޯމަރު ހަޓްތަކާއި ޕަވާހައުސް ގުޅުވައިލުމަށްކަމަށެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އިހަވަންދޫއަށް ގެނެސްފައިވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އިހަވަންދޫގެ ކޭބަލް ނެޓްވޯރކް ބަދަލުކޮށް އަޕްގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ހައި އަދި ލޯ ވޯލްޓޭޗް ކޭބަލް އެޅުމުގެ އިތުރުން، ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިހާރުވަނީ ޓްރާންސް ފޯމަރު ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ 3 ހަޓުގެ މަސައްކަތް ނިންމާފައެވެ.