އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވައިފި

މުޙައްމަދު އަކުރަމް

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަން ޖެހޭ ބައްދަލުވުން، 2022 ޖުލައި 24 ވާ އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ.

ކައުންސިލްވަނީ ރައްޔިތުން ކުރަންބޭނުންވާ ސުވާލެއް ނުވަތަ ކަމެއް ސާފުރަން ބޭނުންނަމަ އެކަމެއް ގޫގަލް ފޯމެއް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ. 23 ޖުލައިވާ ހޮނިހިރުދުވަހުގެ 12:00 ގެ ކުރިން އެސުވާލެއް ކައުންސިލަށް ފޮނުވަންޖެހެއެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ 24 ޖުލައި 2022 ވަ އާދީއްތަ ދުވަހުގެރޭ 20:30 ގައި އިހަވަންދޫ ސްކޫލް ހޯލްގައެވެ.