Banner Image Description

މިއުޒިކް ޝޯތައް ދެން ލައިވެއް ނުކުރާނަން – އަސްލު ޓިންޓިން

.

ދިއްދޫގައި މީގެކުރިން ބޭއްވި ބައެއްޢީދު ޝޯ އަދި ދެޖިންސް މަސްހުނިވެގެންކުޅޭ މިއުޒިކާއި އެހެންވައްތަރުގެ ޝޯތައްވެސް ވާނީ އަސްލު ޓިންޓިން ލައިވްއިން ފެނިފައި ކަމަށާއި، ނަމަވެސްދެން މިފަދަ ޝޯތައް ލައިވް ނުކުރާނެކަމަށް ސޯޝަލް މީޑިއާގައި “އަސްލު ޓިންޓިން”ގެ ނަމުން މަޝްހޫރުވެފައިވާ ހއ. ދިއްދޫ ޖޭމް ގަސްދޮށުގޭ މުހައްމަދު ރަޝީދު ބުނެފިއެވެ. މީގެއިތުރުން މުހައްމަދު ރަޝީދު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާގެ އެކައުންޓްތަކުން ލައިވް ކޮށްފައިވާ އެފަދަ ޝޯތައް މިހާރު ޑިލީޓް ކޮށްފައިވާކަމުގައެވެ.
މުހައްމަދު ރަޝީދު މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކާއި ގުޅިގެން ޔުނިޓީގެ ރައީސް ހުސައިން ރީހާންވަނީ އޭނާއާއި ބައްދަލުކޮށް އެގޮތުގައި ކުރިޔަށް ދިޔުމަށްވަނީ ހިއްވަރު ދެއްވައިފައެވެ. ޔުނިޓީއަށް ދިން އިންޓަވިއުއެއްގައި މުހައްމަދު ރަޝީދު ބުނީ، ރޭ ދީއްދޫ އޯޕަން ސްޓޭޖްގައި، ޝެއިހް ޝުއައިބް ނާޒިމް، “މަގޭ ނަބިއްޔާ”ގެ ނަމުގައި ދިން ދަރުހައްފަހު، ދެމީހަކުވަނީ ފާހިސް އަމަލުތައް ދައްކުވައިދޭ އިވެންޓްތައް ލައިވް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. “ރޭގަ ނިދަން އޮތްއިރު އެކަމާ ވަރަށް ވިސްނިން، ނިދީވެސް މިގޮތަށް ޕޯސްޓްކޮށް، އަމަލުކުރުމުގެ އަޒުމުގައި” ކަމަށް މުހައްމަދު ރަޝީދު ޔުނިޓީން ބައްދަލުކުރި ފަރާތަށް މައުލޫމާތު ދެމުން ބުންޏެވެ.


މުހައްމަދު ރަޝީދު އިތުރަށްބުނީ ކުރިޔަށް އޮތްތަނުގައި އިސްލާމިދީނުގެ ދައުވަތު ފެތުރުމުގެ މަސައްކަތުން އޭނާ ފެނިގެންދާނެކަމުގައެވެ.
ދިއްދޫގައި ރޭ ބޭއްވި ދީނީ ދަރުހަކީ އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނިޓީއިން އިސްނަގައިގެން “ތިލަދުންމަތީ ދަތުރުގެ ނަމުގައި” ކުރިޔަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ބޭއްވި ދަރުހެކެވެ. ޔުނިޓީއިން ޖަމިއްޔަތުއް ސަލަފާއި ހއ އަދި ހދ އަތޮޅުގެ ކައުންސިލްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ޖަމިއްޔާތަކުގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ މިޕްރޮގްރާމް މިއަދުގެ ނިޔަލަށްވަނީ ހއ އަތޮޅުގެ 13 ރަށެއްގައި ހިންގާފައެވެ.

ޚިޔާލު ފައުޅުކުރުން

ވަރަށް ރަގަޅު...
އެއްވެސް ކަމެއްގައި ދެއްކުންތެރިކަން ހިމެނިއްޖެނަމަ އެކަމެއް ހަލާކުވާނެކަމަށް އެނގިފައިވެއެވެ. ކުރާކަމެއް ކުރާނީ ﷲ އަށްޓަކައެވެ. އަލީރަމީޒަށް ވައިއަޅުވަން ނޫނީ ފޭޚް ޝައިޚުންނަށް ވައިއަލުވަން ކުރާކަށް ނުޖެހެއެވެ.