Banner Image Description

އެސްޖީ ޝިފާއު އިސްތިއުފާ ދީފި، ވަގުތީ އެސްޖީ އަކަށް އަރުޝަދު

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލް އިދާރާގެ ސެކެރެޓްރީ ޖެނެރަލް އަޙްމަދު ޝިފާއު، އިސްތިއުފާ ދެއްވައިފިއެވެ. ޝިފާއު ވިދާޅުވީ މިއަދުން ފެށިގެން ކައުންސިލްގައި އަދާކުރަމުންދިޔަ ވަޒީފާއިން އިސްތިއުފާ ދެއްވާފައިވާކަމުގައެވެ.

ޝިފާއު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކައުންސިލުން ވަނީ، ކައުންސިލްގެ ވަގުތީ ސެކަރަޓެރީ ޖެނަރަލްގެ މަޤާމަށް، ކައުންސިލްގެ އެސިސްޓެންޓް އެގްޒެކްޓިވް އަލީ އަރުޝަދު އައްޔަންކޮށްފައެވެ. އެގޮތަށް ކައުންސިލުން ނިންމީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައެވެ.