ސެޕްޓެމްބަރު 12 ގެކުރިން ގޭގޭގައި ނަންބޯޑް ހަރުކުރަން އަންގައިފި

.

މިރަށުން ދޫކޮށްފައިވާ ބައެއް ބަންޑާރަ ގޯތިތަކުގަޔާއި ރަޖިސްޓްރީކޮށްގެން ހިންގާ ބައެއް ތަންތަނުގައި ނަންބޯޑް ހަރުކޮށްފައި ނުހުންނަކަށް ފާހަގަކޮށް، އަންނަ ސެޕްޓެމްބަރުމުހެ 12ގެ ކުރިން އެފަދަ ތަންތުގައި ނަންބޯޑް ހަރުކޮށް ނިންމުމަށް އިހަވަންދޫ ކައުންސިލުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން މިއަދުކުރި އިއުލާނުގައިވަނީ، އެފަދަ ތަންތަނުގައި ނަންބޯޑް ހަރުކޮށްފައި ހުރުމަކީ އާންމުންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ރަސްމީ އިދާރާތަކަށްވެސް ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކޮށްފައެވެ. މީގެއިތުރުން، މިއަހަރު އޮންނަ ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައިހުރި ތަންތަނުގެ ލިސްޓް ނެގުމުގެކުރިން ގޭގޭގެ ނަންބޯޑް ހަރުކޮށްފައިހުރިކަން ކަށަވަރު ކުރަންޖެހޭކަމަށްވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.