Banner Image Description

ކުންފުނިން 'ފަލަސްތީނުގެ މީހުން ހިމޭންކޮށްފި' ކަމަށް ބުނެ ގޫގުލްގެ މުވައްޒަފަކު އިސްތިއުފާދީފި

މުޙައްމަދު އަކުރަމް

އިސްރާއީލުގެ އަސްކަރިއްޔާއާއެކު ޓެކް ޖަޔަންޓް ގޫގަލްއިން އެއް ބިލިއަން ޑޮލަރުގެ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސަރވޭލަންސް ކޮންޓްރެކްޓާއި އިދިކޮޅުހެދި ހައި ޕްރޮފައިލް ގޫގުލްގެ މުވައްޒަފަކު އިސްތިއުފާ ދިންކަން އިއުލާންކޮށްފި އެވެ. ގޫގުލްގެ މާކެޓިން މެނޭޖަރެއް ކަމަށްވާ އެރިއެލް ކޮރެން ބުނީ މިހަފްތާގައި އެ ކުންފުނިން ވަކިވާނެ ކަމަށާއި، އޭނާގެ އިޖުތިމާއީ އެކްޓިވިޒަމްގެ ސަބަބުން އޭނާއާ ޢަދާވާތްތެރި މަސައްކަތުގެ މާހައުލެއް އުފެއްދިފައިވާ ކަމުގައެވެ.

“އަހަރެން މި ހަފްތާގައި ގޫގުލް ދޫކޮށްލަނީ، ހިޔާލުފާޅުކުރާ މުވައްޒަފުންނާ ދެކޮޅަށް ކުންފުނިން ގެންގުޅޭ ބަދަލު ހިފުމާއި ޢަދާވާތްތެރިކަމުގެ ސަބަބުން،” ކޮރެން ކުރެއްވި ޓްވީޓެއްގައިވެއެވެ. “ގޫގުލް އިން އަހަރެން ވަޒީފާ އަދާކުރާ ޤައުމު ބަދަލުކުރީ، އިސްރާއީލާއެކު 1 ބިލިއަން ޑޮލަރުގެ އޭއައި/ސަރވޭލަންސް ކޮންޓްރެކްޓްތަކާ އަހަރެން ދެކޮޅު ހެދުމުން ވަގުތުން. އަދި މިއީ އަހަރެންނަށް އެކަނި ދިމާވާގޮތެއް ނޫން.” ކޮރެން ބުންޏެވެ.

މި މައްސަލަ ފެށުނީ ޕްރޮޖެކްޓް ނިމްބަސް ކިޔާ ޕްރޮގްރާމެއްގައި އެމެޒޯން އާއި އިސްރާއީލުގެ އަސްކަރިއްޔާއާ އެކު ގޫގުލް އިން 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އުކުލަވައިލުމުގެ މަސައްކަތްފެށުމުން، ކޮރެން އެކަމާ ދެކޮޅު ހެދުމުންނެވެ. ގޫގުލް އިން މިއެއްބަސްވުމުން ވަކިވުމަށް ވިސްނައިދިނުމުގައި، ކޮރެން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރިއިރު، އެކަމާއި ދެކޮޅު ޕެޓިޝަންތައް ދައުރުކުރުމާއި، ގޫގުލްގެ އެގްޒެކެޓިވުންނަށް ލޮބީކުރުމާއި، ނޫސްތަކަށް މައުލޫމާތުދިނުމުގެ މަސައްކަތް އޭނާކޮށްފައިވެއެވެ.

ނަމަވެސް ކޮރެން ބުނީ އޭނާގެ ކަންބޮޑުވުންތައް އަޑުއެހުމުގެ ބަދަލުގައި ގޫގުލް އިން. 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާއަށް އެންގީ އޭނާ ވަޒީފާ އަދާކުރާތަން އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ފްރެންސިސްކޯ އިން ބްރެޒިލްގެ ސައޯ ޕައުލޯއަށް ބަދަލުކޮށްފައިވާކަމަށާއި އެކަމާ ނުރުހޭނަމަ ވަޒީފާ ގެއްލޭނެކަމުގައެވެ. ކޮރެން ވިދާޅުވީ އެއެންގުމުގައި ވިޔަފާރީގެ އެއްވެސް ޖަސްޓިފިކޭޝަނެއް ނެތް ކަމަށާއި އެމައްސަލަ ނޭޝަނަލް ލޭބަރ ރިލޭޝަންސް ބޯޑް (އެންއެލްއާރުބީ) އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެންއެލްއާރުބީ އިންވެސް އޭނާއަށް އެއްވެސް ކުރިއެރުމުއް ލިބޭގޮތެއް ނުވިއެވެ.

ފަލަސްތީނުގެ އިތުރު 15 މުވައްޒަފުންނާއި ހެއޮއެދޭ ފަރާތްތަކުންވަނީ އެކުންފުނީގެ ތެރޭގައި އޮތް “އިންސްޓިޓިއުޝަނަލައިޒްޑް ބަޔާސް” ސިފަކޮށް އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. “ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ ހަނގުރާމައާ މެދުބަހެއް ބުނެފި މުވައްޒަފަކާއި ކުންފުނީގެ ތެރެއިން ފުރައްސާރަޔާއި ކުރިމަތިލާންޖެހޭ” ފަލަސްތީނުގެ މުވައްޒަފަކު ބުންޏެވެ.

ޔަހޫދީއެއް ކަމަށްވާ ކޮރެން އަކީ އެ ކުންފުނީގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ. “އަޅުގަނޑަށް ތަކުރާރުކޮށް ފެނިފައިވަނީ، ގޫގުލް އަކީ އަޚްލާޤީ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް ތާއީދުކުރުމުގެ ބަދަލުގައި، ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ހިލާފުވުމުގައި ގޫގުލް ބައިވެރިވުމާ މެދު ކަންބޮޑުވާ ނިޒާމީ ގޮތެއްގައި ހިމޭންކުރުމަށް މުވައްޒަފުންގެ މެދުގައި ބިރުވެރިކަމުގެ މާހައުލެއް އުފެއްދާފައިވާތަން” ކޮރެން ބުންޏެވެ.

“އަޅުގަނޑުގެ ތަޖުރިބާއިން މިގޮތަށް މަޝްވަރާތަކާއި ޚިޔާލުތަފާތުވުންތައް ހިމޭންކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއާއި ސަރުކާރާ އެކު ގޫގުލްގެ ވިޔަފާރީގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެހީތެރިވެދިން ކަމެއް،” ކޮރެން ކުރިއަށް ގެންދިޔަ އެވެ. “އަޅުގަނޑު، ގޫގުލް ކުރާ ފަރާތްތަކަށް ޕްރޮޖެކްޓް ނިމްބަސް ކިޔައިދިނުމަށް ބާރުއަޅަން.” ކޮރެން ބުންޏެވެ. ކޮރެންގެ ވާހަކަތަކަށް ގޫގުލް އިން ޖަވާބެއް ނެރެފައެއް ނުވެއެވެ.

ޕްރޮޖެކްޓް ނިމްބަސް އަކީ އިސްރާއީލު ސަރުކާރުގެ އިސްނެގުމެއްގެ ދަށުން އެގައުމުގެ އިދާރާތަކަށް ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.
(މަސްދަރު – ބައިނަލްއަގުވާމީ ނޫސް އެޖެންސީތައް)