Banner Image Description

ގިނަދުވަސްތަކެއް ވަންދެން ނުދިއްލިހުރި ލައިޓްތައް ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

ރައްޔިތުން ޝަކުވާކުރާތާ އެތައް ޒަމާންތަކެއްވީއިރުވެސް ނުދިއްލިހުރި ބައެއް މަގު ބައްތިތައް ރަނގަޅުކޮށްފިއެވެ. ކައުންސިލް މެމްބަރު އަޙްމަދު ރިލްވާން ވިދާޅުވީ، ކައުންސިލުން މިމަސައްކަތް ކުރިޔަށް ގެންދާއިރު ފެނަކަ އަދި ހަޒްއިންވެސްޓްމެންޓްގެ އެހީތެރިކަން ލިބޭކަމުގައެވެ.

ކައުންސިލުން ރަނގަޅު ކޮށްފައިވާ ބައެއް މަގުބައްތިތަކަކީ ފާއިތުވެދިޔަ ކައުންސިލްގެ 3 ދައުރުގައިވެސް ނުދިއްލިހުރި ލައިޓް ތަކެކެވެ. އަދި އެސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް މީހުން ދިޔައީ އެކަން އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އެކި މަސައްކަތްކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުން ދިޔައިރު ރައްޔިތުންނަށް ހުޅުވައިލާގެން ބާއްވާ އާންމު ބައްދަލުވުންތަކަށްވެސް ލައިޓް ތަކާއިގުޅޭގޮތުން ސުވާލު ހުށަހަޅާފައިވެއެވެ.

ނުދިއްލޭތާ ގިނަދުވަސްވީ މަގުބައްތިތައް ކައުންސިލުން މަރާމާތުކުރަމުން ދާނަމަވެސް، މަރާމާތުކުރަމުންދާ ބައެއް ބައްތިތަކުގައިވެސް ޓައިމަރުގެ މައްސަލަ އުޅޭތީ ދިއްލެންވާ ވަގުތުތަކުގައި ނުދިއްލޭކަން ފާހަގަކުރެވެއެވެ.