ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެޓް) ގެ ބ.ކިހާދޫ ކެމްޕަހުގައި ކުރިޔަށްގެންދާ އިލެކްޓްރީޝަން ލެވެލް 3 ކޯހުން ސްކޮލާޝިޕްގެ ފުރުސަތެއް އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނުގައިވާގޮތުން، 15 ހަފުތާގެ އެކޯހުން ސްކޮލާޝިޕްގެ އެއް ފުރުސަތު ކައުންސިލުން ދޭއިރު ސްކޮލާޝިޕްގެ ދަށުން ކޯސްފީ، އެކޮމަޑޭޝަން، ކޯސްމެޓީރިއަލްސް އަދި ކެއުމުގެ ހަރަދު ލިބިގެން ދާނެއެވެ. ޖެނުއަރީ 2023 ގައި ފަށާ އެކޯހަށް ކައުންސިލުން ހުޅުވާލައިފަވާ ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ހަމައެކަނި، އިހަވަންދޫގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންނަށެވެ.
ކައުންސިލްގެ ސްކޮލާޝިޕްގައި ބައިވެރިވާން ބޭނުންވާ ފަރާތަކުން މިހިނގާ ސެޕްޓެމްބަރ 30 ވަނަދުވަހުގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމް ފުރަން ޖެހެއެވެ. ކައުންސިލުން ދެނީ ސްކޮލާޝިޕްގެ އެއް ފުރުސަތުކަމުން އެފުރުސަތު ލިބޭނީ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.