Banner Image Description

ނެއިބަރހުޑް ވޮލީބޯލް ކަޕްގެ ޗެމްޕިއަންކަން ރެޑް ނެއިބަރހުޑް ހޯދައިފި

މުޙައްމަދު އަކުރަމް

ރައްޔިތުންނާ ގުޅިގެން ، ގާތުން ހިދުމަތް ދިނުމުގެ މަގްސަދުގައި އިހަވަންދޫގައި އެކުލަވާލާފައިއޮންނަ ނެއިބަރހުޑް ތަކުގެ މެދުގައި ކުޅެވޭ ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ގެ ޗެމްޕިއަންކަން ރެޑް ނެއިބަރހުޑް ހޯދައިފިއެވެ.

މިއަދު ހަވީރު އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ކުރިޔަށްދިޔަ މިމުބާރާތުގެ ފައިނަލްމެޗް ރެޑް ނެއިބަރހުޑް ކާމިޔާބުކުރީ ސީދާ 3 ސެޓުން އޮރެންޖް ނެއިބަރހުޑް ބަލިކޮށްގެންނެވެ. ފައިނަލް މެޗްގެ ފުރުތަމަ ސެޓް ރެޑް ނެއިބަރހުޑް 25-20 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ކާމިޔާބު ކޮށްފައިވަނީ 25-22 އިންނެވެ. ތިންވަނަ ސެޓް 25-20 ރެޑް ނެއިބަރހުޑް ކާމިޔާބު ކުރި ނަމަވެސް މެޗްގެ 3 ސެޓްގައިވެސްވަނީ ވާދަވެރިކުޅުމެއް ފެނިގެން ގޮސްފައެވެ.

މިމުބާރާތުގެ ވަނަ ތަކަށް އައި ކުޅުންތެރިންނަށް އިނާމު ދިނުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ އޮންނަ ކޮމިއުނިޓީ މީޓިންގްގައެވެ. އެމީޓީން ކުރިޔަށްދާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.

އިހަވަންދޫގައި ތިއްބަވާ ފުލުހުން ރަށުގެ ރައްޔިތުންނާ ގާތުން ގުޅިގެން، އެކުވެރިކަން އާލާ ކުރުމާއި ރައްޔިތުން ހޭލުން ތެރިކަން އިތުރުކުރުމަށް ރަށުގެ ނެއިބަރުހުޑް ތަކުގެ މެދުގައި ތަފާތު ޖެލެންޖްތައްދަނީ ކުރިޔަށް ގެންދަމުންނެވެ.