12 ވަނަ މައިކަޕް މުބާރާތޭ އެއްގޮތަށް މިފަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތުގައިވެސް ވާދަކުރަނީ 12 ޓީމަކުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެ 12 ޓީމްގެ ތެރޭގައި ހިމެނެނީ އިހަވަންދޫއަށް ނިސްބަތްވާ 8 ޓީމާއި، ހއ މާރަންދޫއަށް ނިސްތްވާ 2 ޓީމާއި، ޖޭއޭ މަނަފަރު ރިސޯޓުން ބައިވެރިވާ ޓީމެއްގެ އިތުރުން ހއ. ދިއްދޫއަށް ނިސްބަތްވާ ޓީމެކެވެ. މިއީ ދިއްދޫގެ ޓީމެއް މިމުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. (13 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުތައް)
އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅޭ މިމުބާރާތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބު ޕޯލްސްޓަރ އިން ނެވެ. މިމުބާރާތުގެ ގުރުއަތުލުން އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު އިހަވަންދޫ ހުރަވީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ މިހިނގާ ނިވެމްބަރު މަހުގެ 29 ވަނަދުވަހުގެ 16:00 އެވެ. މައިކަޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަދުވަހުއެވެ.