މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިހަވަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ޢަބުދުﷲ ޙަމީދު

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އިހަވަންދޫ ކައުންސިލާއިބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ ހއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު އިހަވަންދޫއަށް ވަޑައިގެން އިހަވަންދޫގައި ތިއްބަވާ ފުލުހުންނާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ  އިހަވަންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިހަވަންދޫގައި ފުލުހުންގެ އައު އިދާރާއެއް އެޅުމަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.