އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

ޢަބުދުﷲ ޙަމީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާތީ އެ ރިޕޯޓު ކުއްވެރިކޮށް އަޑުއުފުލުމަށް އިހަވަންދޫގައި ސުލްހަވެރި އެއްވުމެއް ބާއްވައިފިއެވެ.

ހިނގާލުމުގެ ބައިވެރިން ތިބީ އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް ހިފާގެންނެވެ. އަދި އެމްޑީއެން އުވާލުމަށް ގޮވާލާފައިވާ ހެޑުބޭންޑުތައް އަޅައިގެންނެވެ. މި ހިނގާލުމުގައި ބައެއް ބޭފުޅުން ވަނީ ޝޫއޫރު ފާޅުކޮށްފައެވެ. މިގޮތުން އިހަވަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓު ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އިބުރާހިމް، އަދި އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް އަލްފާޟިލް އަޙްމަދު ރަޝީދުގެ ވާހަކަފުޅު ފާހަގަ ކޮށްލެވެއެވެ.

މިއަދުގެ ހިނގާލުމުގައި ބައިވެރިން ވަނީ އެމްޑިއެން އުވާލުމަށާއި، އެމްޑީއެންގެ ރިޕޯޓު ލިޔުނު ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.