މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއްދިމާވެ ޕަސިންޖަރުން ބާލައިފި

މުޙައްމަދު އަކުރަމް

މިއަދު ހެނދުނު 9:50 ގައި ހޯރަފުށީ އެއާރޕޯޓުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންއޮތް މޯލްޑިވިއަން ފްލައިޓަށް މައްސަލައެއްދިމާވެ ބޯޓުން ޕަސިންޖަރުން ބާލާފިއެވެ.

ބޯޓުން ފުރަންގޮސް ހުރިމީހަކު މިނޫހަށް މައުލޫމާތުދެމުން ބުނީ ޕަސިންޖަރުން ބޯޓަށް އަރާތިއްބައި ވީނުވީއެއްނުބުނެ ފުލައިޓުން ފައިބާ ފުރާމީހުންގެ ގިމަތާގައި މަޑުކުރަން އެންގީކަމުގައެވެ. އޭނާބުނީ އަދިވެސް ޕަސިންޖަރުންނަށް ވީގޮތެއް އަންގާފައި ނުވާކަމަށާއި، ބޯޓްގެ އެއް އިންޖީނު ސްޓާރޓް ނުވާކަމަށް ބައެއްމީހުން ބުނާކަމުގައެވެ. އޭނާބުނީ އަދިވެސް ޕަސިންޖަރުންތިބީ ވާނުވާގައި ކަމަށާ، ކުޑަމިނުން ވާނުވާ އަންގާލާނަމަވެސް ނުތަނަވަސްކަމަށް ލުޔެއްލިބޭނެކަމުގައެވެ.

11:25 – ދިމާވެފައިވާ މައްސަލަ ހައްލުކޮށް ފުރުމަށްޓަކައި ފްލައިޓަށް ފަސިން ޖަރުން އަރުވަން ފަށައިފިއެވެ.