ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ

މުޙައްމަދު އަކުރަމް

ރައްޔިތުންނާ ގުޅިގެން ، ގާތުން ހިދުމަތް ދިނުމުގެ މަގްސަދުގައި އިހަވަންދޫގައި އެކުލަވާލާފައިއޮންނަ ނެއިބަރހުޑް ތަކުގެ މެދުގައި،  އަވަށްޓެރި ފުލުހުންގެ ހަފުތާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު ހަވީރު އޮންނާނެއެވެ.

މިއަދު ހަވީރު 16:15 ގައި ފެށާ ކުޑަކުދިންގެ ހަވީރު އޮންނާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. އެކި ސްޓޯލް ތަކާއިއެކު ކުރިޔަށްގެންދާ މިހަވީރުގައި ،  ބައިވެރިވާ ކޮންމެ ކޮއްޖަކަށްވެސް ހަދިޔާއެއް ލިބޭނެއެވެ. އަދި މިހަރަކާތުގައި އޮންނަ ފެމިލީ އިވެންޓްގައި ބޮޑު ހަދިޔާއެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މިމަހުގެ 18 އިން 28 އަށް ކުރިޔަށްގެންދާ އަވަށްޓެރި ފުލުހުންގެ ހަފުތާއާއި ގުޅިގެން އިހަވަންދޫގައި ފުލުހުންދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމަށް ގެތަކަށް ޒިޔާރަތްކޮށްފައިވާއިރު، ނެއިބަރހުޑް ކަނބަލުންގެ މެދުގައި ވޮލީ މުބާރާތެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ސްޓޭކް ހޯލްޑާސްއާއި ނެއިބަރހުޑްތަކުގެ މެދުގައި ކޮމިއުނިޓީ މީޓިންގް ކުރިޔަށް ގެންދިޔައިރު ޕްލާސްޓިކް ކޮލީނިންގެ އިވެންޓެއްވެސްވަނީ އިއްޔަ ކުރިޔަށް ގެންގޮސްފައެވެ.