Banner Image Description

ސީޕީއެސްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިބްރާހިމް ނަޝީދު

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ (ސީޕީއެސް)ގެ އާ ދައުރުގެ ހިންގާ ކޮމެޓީގެ އެކިމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ.

އެކުލަބުގެ ހިންގާ ކޮމެޓީގައި ހިމެނެނީ ރައީސްގެ އިތުރުން ދެ ނައިބު ރައީސުންނާއި ހަޒާންދާރު، ސެކެރެޓަރީ، އިންތިޒާމު ސެކެރެޓެރީ  އަދި 10 މެންބަރުންނެވެ. މީގެ އިތުރުން ރައީސަށް ލަފާދޭ ދެމެބަރުން އެ ކުލަބުގެ ހިންގާ ކޮމެޓީގައި ހިމެނެއެވެ.

އެ މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލާ މަޤާމު އަދި މީހާގެ މަޢުލޫމާތު އެނގޭނެހެން 2019 އޮކުޓޫބަރު 01 ވާ އަންގާރަ ދުވަހުގެ ނިޔަލަށް 7907031 އަށް އެސް.އެމް.އެސް ކުރުމަށް އެކުލަބުންވަނީ ހުޅުވާލައިފައެވެ.

ކުލަބު ޕޯލްސްޓަރއަކީ 1999 ޖުލައި 29 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ކުލަބު ޕޯލްސްޓަރގެ 20 އަހަރުވީ ދިގު ތާރީހުގައި އެކުލަބުން އަންނަނީ ފާހަގަކޮށްލެވޭފަދަ ޢިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް ހިންގުމުގެ އިތުރުން އިހަވަންދޫގެ ތަރައްޤީގައި ހިއްސާވަމުންނެވެ.