Banner Image Description

މާރަންދޫގެ ފެނުގެ ނިޒާމު ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

މުހައްމަދު ޢަބުދުއްޞަމަދު

ހއ.މާރަންދޫ އަދި ހއ.މުރައިދޫގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތާއި، ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު އަދި ހއ.ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,598,920.00 ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ  6 މަސް ދުވަހުގެ މުއްދަތަށެވެ.

މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ، ހއ. ތަކަންދޫ ، ހއ. ވަށަފަރު، ހދ. ކުމުންދޫ، އަދި ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާ  ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތާއި ހއ. މާރަންދޫ އަދި މުރައިދޫގައި ފެނުގެ ނިޒާމު ޑިޒައިންކުރުމުގެ  މަޝްރޫޢުގެ ދަށުން ، ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ސާރވޭ މަސައްކަތާއި ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިން ޑިޒައިން، ޓެންޑަރ ޑޮކިއުމެންޓްސް އަދި އީ.އައި.އޭ ތައްޔާރުކުރުމުގެ މަސައްކަތެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފުރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ އަލްފާޟިލާ ޒީނިޔާ އަހުމަދު ހަމީދެވެ. އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑުބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާވިޔަތު އަބްދުއް ސައްތާރެވެ.