Banner Image Description

މިސްކިއްމަގު މައިޒާނުގެ މޮނިއުމަންޓަށް ގެއްލުންދީފި

މުޙައްމަދު އަކުރަމް

މިސްކިއްމަގު މަގު މައިޒާނުގައި ބަހައްޓާފައިހުންނަ، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމަންޓަށް ގެއްލުންދީ ހަލާކުކޮށްލައިފިއެވެ. މި މޮނިއުމަންޓަކީ ކުރިން ހުރި މޮނިއުމަންޓް ހަލާކުވެފައިވާތީ، މިމަހު 28 ވަނަ ދުވަހުގެ ހަވީރު ހަރުކޮށްފައިވާ މޮނިއުމަންޓެކެވެ.

އެސަރަހައްދާ ކައިރީގައި ދިރުއުޅޭމީހަކާއި ސުވާލުކޮށްލުމުންބުނީ ބޮޑަށް ލަފާކުރެވޭގޮތުގައި މޮނިއުމަންޓަށް ގެއްލުން ދީފައިވަނީ ރޭގެވަގުތެއްގައިކަމަށް ބެލެވޭކަމުގައެވެ. އިހަވަންދޫ ކައުންސިލުގެ މުވައްޒަފުންގެ މަސައްކަތުން ހަދާފައިވާ މިމޮނިއުމަންޓް ފަރުމާކޮށްފައިވަނީ އިހަވަންދޫގެ މައިގަނޑު ސިނާއަތްކަމަށްވާ މަސްވެރިކަމުގައި ބޭނުންކުރާ ދޯންޏެއް ރަމްޒްކޮށްދޭ ގޮތަށެވެ.

މިސްކިތްމަގު މައިޒާނަކީ ޒުވާނުންތަކެއް އިސްނަގައިގެން ތަރައްޤީ ކޮށްފައިވާ މައިޒާނެކެވެ. އިހަވަންދޫގެ ގިނަ ބަޔަކު އެމައިޒާން ބޭނުންކުރާއިރު، އިތުރު އައު މައިޒާނެއް ތަރައްޤީކުރުމުގެ ޕްލޭންތައްވެސް ކައުންސިލުންދަނީ ކުރަމުންނެވެ.