Banner Image Description

އަރާތަރި ދޯނީގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އިހަވަންދޫއަށް ގެނެސްފި

.

ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 63 މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ހއ. އިހަވަންދޫ އަރާތަރި ދޯނީގައި އޮތް ހާލު ބޮޑު ބަލިމީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. އިހަވަންދޫއަށް ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު މެންދުރު 14:44 ހާއިރު ކަމަށެވެ.  މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް (އެފްއައިސީ) ފާމްލަދޭރި ލޯންޗް ވަނީ  ޑޮކްޓަރަކާއި ނަރުހުންގެ ޓީމަކާއެކު އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ހއ. އިހަވަންދޫ އާމިނާދިޔޯ ހެލްތު ސެންޓަރ އަށް ގެނެސްފައި ވަނީ މިރޭ 19:55 ހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ފާމްލަދޭރި ލޯންޗް ބަލިމީހާ ނަގަން ގޮސްފައި ވަނީ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޑޮކުޓަރަކާއި ނަރުހުންގެ ޓީމަކާއެކުއެވެ.

އަރާތަރި ދޯނިން އިހަވަންދޫއަށް ގެނެސްފައި ވަނީ އެދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ  ހއ. އުލިގަމަށް އުފަން އުމުރުން 30 އަހަރުގެ ފރިހެނެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ބަލި މީހާ ހއ. އިހަވަންދޫއަށް ގެންގޮސްދީފައި ވަނީ ކުއްލިއަކަށް ހަށިގަނޑުގައި ވަރުދޫވެ ހާލު ދެރަވުމާ ގުޅިގެން އެ ދޯނިން އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމަށް އެދުމުންކަމަށެވެ.