Banner Image Description

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ނަޝީދު އިހަވަންދުއަށް

އިބްރާހިމް ނަޝީދު

މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވަޑައިގެންނެވުމުން އިހަވަންދޫ ސްކޫލުން އެމަނިކުފާނަށްވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ.

އިހަވަންދޫ ސްކޫލުގެ ދަޢުވަތަކަށް ރައީސް ނަޝިދު އިހަވަންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެންވޭރު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރ ޙަސަން ލަތީފު، ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒު، ބާރަށު ދާއިރާގެ މެމްބަރ އަޙްމަދު ޢަބްދުﷲ، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާއު އަދި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މުޙައްމަދުގެ ރައީ ބައިވެރިވެ ވަޑައިގެނެވިއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އިހަވަންދޫ ހުރަވީ ދަނޑުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ ހއ. އިހަވަންދޫ ސްކޫލާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.