ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: ފައިނަލުގެ ފަހު ޖާގަ އޭއީސީއަށް

އިބްރާހިމް ނަޝީދު

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ފައިނަލުން ފުރުޞަތު ހޯދީ މިރޭ ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 2-0 އިން ހއ. އަތޮޅު ސްކޫލު ބަލިކޮށްގެންނެވެ.

މިރޭގެ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ޖެހި ދެގޯލުވެސް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 10، މުޙައްމަދު ލަޔާން އިބްރާހީމެވެ. ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެވަނަ ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި، އެޓީމުގެ ޖާޒީ ނަމްބަރ 11، ޝުރާހު ރަޝީދެވެ.

ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ފައިނަލަށް ދަތުރުކުރީ 6 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ ދެވަނަ ހޯދައިގެންނެވެ. ހއ އަތޮޅު މަދަރުސާ މުބާރާތް ނިންމާލީ 2 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ 3 ވަނާގައި އޮވެއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2019 އޯގަސްޓް 3 (ހޮނިހިރު) ދުވަހުގެ ހަވީރު 16:15 ގައެވެ. ފައިނަލް މެޗު ޝަރަފުވެރި ކޮށްދެވާނީ ރައްޔިތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.