ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލް ފައިނަލަށް

އިބްރާހިމް ނަޝީދު

1-0 އިން މާރަންދޫ ސްކޫލު ބަލިކޮށް، ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އިހަވަންދޫ ސްކޫލު ޖާގަ ހޯދައިފިއެވެ.

މިރޭގެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގެ 7 ވަނަ މިނެޓުގައި އިހަވަންދޫ ސްކޫލު ޓީމުގެ ޖާޒީ ނަމްބަރ 5، މުޙައްމަދު ޝިފާއު އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ ސްކޫލް ޓީމުގެ ޖާޒީ ނަމްބަރ 10، މުޙައްމަދު ޒަޔާން ޒުހައިރެވެ.

ޒަޔާން (ކ). ފޮޓޯ: ޙަސަން ފަހުދު

ފައިނަލުގައި އިހަވަންދޫ ސްކޫލާ ދެކޮޅަށް ނިކުންނާނެ ޓިމެއް ކަށަވަރުވާނީ މިރޭ ހއ އަތޮޅު މަދަރުސާ އަދި ހއ އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލުކުރާ މެޗު ނިމުމުންނެވެ. ފައިނަލުގެ ޖާގައެއް ހޯދުމަށް އަތޮޅު މަދަރުސާއަށް މެޗުން މޮޅުވުން މަޖުބޫރެވެ. މެޗު އެއްވަރު ކޮށްލައިގެން އަތޮޅު ތަޢުލީމީ މަރުކަޒަށް ފައިނަލުން ޖާގަ ހޯދޭނެއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2019 އޯގަސްޓް 3 (ހޮނިހިރު) ދުވަހުގެ ހަވީރު 16:15 ގައެވެ.