Banner Image Description

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

އިބްރާހިމް ނަޝީދު

ލާމަރުކަޒީ ގާނޫނޫނުގެ 110ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަން ޖެހޭ ބައްދަލުވުން، 2019 ޖުލައި 26 ވާ ހުކުރު ދުވަހުގެރޭ ބޭއްވުމަށް އިހަވަންދޫ ކައުންސިލުން ހަމަޖައްސަވައިފިއެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ ހުކުރުދުވަހުގެ ރޭގެ 8:30 ގައި އިހަވަންދޫ ސުކޫލުގެ ހޯލުގައެވެ.