ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: މީޑިއާ ޕާޓްނަރަކަށް އިހަވަންދޫ.ކޮމް

އިބްރާހިމް ނަޝީދު

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓުނަރަކަށް އިހަވަންދޫ.ކޮމް ހަމަޖައްސައިފިއެވެ.

އިހަވަންދޫ ސްކޫލުގެ އިތުރުން ހއ އަތޮޅު މަދަރުސާ، މާރަންދޫ ސްކޫލް އަދި ހއ އަތޮޅު ތަޢުލީމީ މަރުކަޒް ވާދަކުރާ މިމުބާރާތުގެ މީޑިއާ ޕާޓުނަރަކަށް އިހަވަންދޫ.ކޮމް ހަމަޖެއްސީ އިހަވަންދޫ ސްކޫލުގެ ޓީމަށް ޕްރެކްޓިސް ކިޓް ހަވާލުކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން މިކަމަށް ވެވުނު އެއްބަސްވުމުގައި ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ވިލަރެސް ވެރިޔާ ސީނިޔާ ޓީޗަރ އަޙްމަދު ނަޝީދުއެވެ. އަދި އިހަވަންދޫ.ކޮމްގެ ފަރާތުން ސޮއި ކުރެއްވީ އިހަވަންދޫ.ކޮމްގެ މުއައްސިސް އަދި ފައުންޑަރ ޢަބްދުﷲ ޙަމީދެވެ. މުބާރާތުގެ ފޮޓޯ ޕާޓުނަރަކަށް ހަމަޖައްސާފައިވަނީ ސްޕޯޓްސް ކައުންސިލަރ ލަޔާން އަޙްމަދެވެ.