Banner Image Description

ތުރާކުނު ސްކޫލުގެ ރަންޔޫބީލް ޤުރްއާން މުބާރާތް ބާއްވައިފި

.

ހއ. ތުރާކުނު ސުކޫލުގެ ރަންޔޫބީލް 13 ވަނަ ޤުރްއާން މުބާރާތް ބާއްވައިފިއެވެ.

މިމަހުގެ 26 އަދި 27 ގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ބަލއިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 33 ދަރިވަރުންވަނީ ބައިވެރިވެފައެވެ. ވޭތުވެދިޔަ އަހަރަށްވުރެއް މިއަހަރުގެ މުބާރާތުގައި ބައިވެރިންގެ އަދަދު އިތުރުވެފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ދަރިވަރުންގެ ކިޔެވުން ރަނގަޅުކަމަށް މުބާރާތުގެ ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ދަރިވަރުންނާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި އިތުރުކުރުމަށާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ރީތި ރާގަށް ޤުރްއާން ކިޔެވުމުގެ އާދަ ދަރިވަރުންގެ ކިބާގައި ހަރުލެއްވުމުގެ މަޤުޞަދުގައި ތުރާކުނު ސްކޫލުގެ ދީނީ ދިރުމުން އިންތިޒާމްކޮށްގެން މި މުބާރާތް ބާއްވަމުން އަންނަތާ 12 އަހަރުވެފައިވާއިރު، މިއަހަރަކީ އެސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށްވުމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ރަންޔޫބީލް 13 ވަނަ ޤުރުއާން މުބާރާތުގެ ނަމުގައެވެ.

މި މުބާރާތުގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 3 ދަރިވަރުންގެ އިތުރުން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު ހޮވުމަށްވަނީ ހަމަޖެހިފައެވެ.