Banner Image Description

މަޖިލިސް އިންތިޚާބު 2019: އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މުޙައްމަދު ޝިފާޢު

ޢަބުދުﷲ ޙަމީދު

މިއަދު ކުރިއަށް ގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ތަފާތު ބޮޑު ނަތީޖާ އަކުން އެމްޑީޕީގެ ކެންޑިޑޭޓް، މުޙައްމަދު ޝިފާޢު ކާމިޔާބު ކުރައްވައިފިއެވެ.

އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓު ލުމަށްޓަކައި ޖުމުލަ 99 ވޯޓު ފޮށީގައި ރެޖިސްޓްރީވެފައިވާއިރު މިވަގުތާ ހަމައަށް ވަނީ 82 ފޮށީގެ ވަގުތީ ނަތީޖާ ސާފުވެފައެވެ.

މިހާތަނަށް ވަގުތީ ނަތީޖާ ސާފުވެފައިވާގޮތުން ކެންޑިޑޭޓުންނަށް ވޯޓު ލިބިލައްވާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  1. އަޙްމަދު ނަސީރު  : 706
  2. މުޙައްމަދު ޝިފާޢު  : 1068
  3. އާދަމް މޫސާ      : 231
  4. މުޙައްމަދު ޢަބުދުﷲ  : 594