ރައީސުލްޖުމުހުރިއްޔާ މިއަދު އިހަވަންދޫއަށް ވަޑައިގަންނަވަނީ

ޢަބުދުﷲ ޙަމީދު

ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު މިއަދު އިހަވަންދޫއަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ އެމްޑީޕީ އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުގެ މަޖިލީސް ކެމްޕޭނަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސްގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހު 1:45 ގައި އިހަވަންދޫއަށް ވަޑައިގެން އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ހޯދުމާއި ރައްޔިތުންނާއި ބައްދަލުކޮށްލެއްވުން އޮންނާނީ އެމްޑީޕީމާހަރުގޭގައި ކަމަށެވެ. އެއަށްފަހު، އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އާމިނާދިޔޯ ސިއްހީމަރުކަޒުގައި އަޅުއްވައިދެއްވުމާއި އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ ބިންގާ އެސުކޫލުގައި އަޅުއްވައިދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.