ނަސީރަށް 1، ޝިފާއުއަށް 2، އާދަނަށް 3 އަދި މުހައްމާޔަށް 4

މުޙައްމަދު އަކުރަމް

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރު ގުރު ނަގައިފިއެވެ.

ރޭގެ ވަގުތެއްގައި ބާޖަމާލުއްދީނުގައި ބޭއްވި ގުރުނެގުމުގައި ކެންޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި އަޙްމަދު ނަސީރު ރަށްމެދުގެ، ހއ. އިހަވަންދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 2 އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހއ. އިހަވަންދޫ ބުލްބުލާގޭ މުހައްމަދު ޝިފާއުއަށް ލިބިނުއިރު ކެނޑިޑޭޓް ނަންބަރު 3 ލިބިފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ހއ. އިހަވަންދޫ ދަނބުގޭ އާދަމް މޫސާއަށެވެ. މިހާރުވެސް އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 4 އެވެ.