މުހައްމާ އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވައިފި

މުޙައްމަދު އަކުރަމް

އެމްޑީޕީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

މުހައްމާ މަޖިލީހަށް އަމިއްލަ ގޮތުން ފޯމު މި ހުށަހެޅުއްވީ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް އޮތީ ދީފަ އެވެ.

މުހައްމާ އީސީ އަށް ފޯމު ހުށަހެޅުއްވީ، އެ ދާއިރާގެ ގިނަ އަދަދެއްގެ މެމްބަރުންގެ ހާޒިރުގަ އެވެ.

ޕްރައިމަރީން ބަލިވި މީހުން އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިފައި އޮތް ނަމަވެސް ޕްރައިމަރީން ބަލިވި މީހުން އިންތިޚާބަށް ނުކުމެވަޑައި ނުގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މުހައްމާއަށް އެމްޑީޕީގެ ޕްރައިމަރީގައި ކާމިޔާބު ކުރެވުނީ 390 ވޯޓެވެ. އެމްޑީޕީ ޕްރައިމަރީ 529 ވޯޓާއިއެކު ކާމިޔާބުކުރީ ޝިފާއުއެވެ.