ކައުންސިލުން ރައްޔިތުންނާއި ބައްދަކުރުން މިމަހު 28 ގައި!

މުޙައްމަދު އަކުރަމް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ދަށުން، ރަށު ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަން ލާޒިމް ކުރާ އާންމު ބައްދަލުވުން މިހިނގާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުހައްމަދު ރަޝީދު މިހެން ވިދާޅުވީ މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ނިމިދިޔަ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ރައްޔިތުންގެ މަޝްވަރާޔާއި ހިޔާލު ހޯދުންކަމުގައެވެ.

 އެންމެފަހުން އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް މަސައްކަތްކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަދުވަހުއެވެ. ނަމަވެސް އެބައްދަލުވުން ހޫނުވެ ކުރިޔަށް ގެންދެވޭގޮތެއް ނުވިއެވެ. އެބައްދަލުވުން ބޭއްވުމަށް މަސައްކަތްކުރިއިރު އިހަވަންދޫ ކައުންސިލްގެ 5 ކައުންސިލަރުންވެސްތިބީ މުސާރަ ނުލިބޭގޮތަށް 3 މަހަށް ސަސްޕެންޑްކޮށްފައެވެ.