މާލޭގައި ބާއްވާ ކައުންސިލްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރަތްޔިތުންނަށް އަމާޒުކޮށްގެން، އިހަވަންދޫ ކައުންސިލުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކައުންސިލް ކަޕް 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 16 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިހިނގާ ފެބްރުއަރީ މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އަންނަ މާޗް މަހުގެ 2 ވާ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް، އިހަވަންދޫ ކައުންސިލުން ކުރިޔަށްގެންދަނީ އިމަގު ޖަމިއްޔާގެ އެހީތެރިކަމާއިއެކުއެވެ.

މިމުބާރާތަކީ އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 54 ވަނަ އާނމުބައްދަލުވުމުން ފާސްކޮށްގެން، މާލެ ސަރަހައްދުގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް.