އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ޢަބުދުﷲ ޙަމީދު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެ އެވެ.

މިއަދު މެންދުރުފަހު 2:30ގައި ޕްރައިމަރީ ފެށިފައިވާއިރު އިހަވަންދޫގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިހަވަންދޫ ސުކޫލުގައެވެ.

ވޯޓު ނެގުން މިރޭ 8:30 އާހަމައަށް ކުރިއަށްދާއިރު މި ޕްރައިމަރީގައި އިހަވަންދޫ ދާއިރާއަށް 5 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މިއަދު ކުރިއަށް މިދާ އެމްޑީޕީގެ ޕުރައިމަރީގައި އިހަވަންދޫ ދާއިރާއިން ޖުމުލަ 1636 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާކަމަށް އެމޑީޕީން ހާމަކުރި ވޯޓާރސް ލިސްޓުން ދައްކައެވެ. އެއީ ހއ. އިހަވަންދޫގެ 1242 މީހުންނާއި ހއ. މާރަންދޫގެ 257 މީހުން އަދި ހއ. މޮޅަދޫގެ 137 މީހުން ނެވެ.

މާލޭގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކުގެ ތެރެއިން ހއ.ހދ. ށ، އަދި ނ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ އިސްކަންދަރު ސްކޫލްގައި އެވެ.

ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެމްޑީޕީން ވަނީ 270 ވޯޓު ފޮއްޓެއް ބަހައްޓައިފަ އެވެ. ވޯޓު ލުމަށް 86000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެ އެވެ.