Banner Image Description

މަޖިލިސް އިންތިޚާބު 2019: ޕީޕީއެމް އިން އިހަވަންދޫ ދާއިރާގެ ޓިކެޓު ނަސީރު އަށް

ޢަބުދުﷲ ޙަމީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަކާ ނުލައި އިހަވަންދޫ ދާއިރާގެ ޓިކެޓް ޕީޕީއެމުން ހަވާލުކޮށްފިއެވެ.

އިހަވަންދޫ ދާއިރާގެ ޓިކެޓު ހަވާލުކޮށްފައި ވަނީ އަލްފާޟިލް އަޙްމަދު ނަސީރު އަށެވެ.

ޕީޕީއެމް އިން އިތުރު ތޭރަ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މެންބަރުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ހަވާލުކޮށްފައިވާ ބޭފުޅުންނަކީ އިންތިހާބުގައި ކާމިޔާބު ލިބިދާނެކަމަށް އުންމީދުކުރެވޭ ދާއިރާތަކުން، އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރިކަމަށް ޕީޕީއެމުން ދެކޭ ކެންޑިޑޭޓުން ކަމަށެވެ.

ޕްރައިމަރީއަކާ ނުލައި އަޙްމަދު ނަސީރު އަށް ޕީޕީއެމް އިން އިހަވަންދޫ ދާއިރާގެ ޓިކްޓް ދީފާ މިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު 2014 ގައި އިހަވަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެއް ކަމަށްވާ އަލްއުސްތާޛް އަޙްމަދު ޝާފިޢު، މަޖިލިސް އިންތިހާބު 2019 ގެ ޕީޕީއެމްގެ ޕުރައިމަރީ އަށް ކެމްޕެއިން ކުރަމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ. މިކަމާ ގުޅިގެން އަޙްމަދު ޝާފިޢުގެ ކެމްޕެއިން ވައިބަރ ގުރޫޕުގައި ޝާފިޢުގެ ސަޕޯޓަރެއް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާފިޢު ބުނެފައި ވަނީ ޓިކެޓުގެ ކަންތަކުގައި ބޭނުންކުރެވިފައި ވަނީ ޑިމޮކުރެޓިކް ނޫން އަދި ނުފޫޒު ވައްދައިގެން ހިންގާފައިވާ ގޯސް ސިޔާސީ ގޯހެއް ކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.