Banner Image Description

މިއަދު ހަވީރު މުޅިރަށުން ކަރަންޓް ކަނޑާލަނީ

މުޙައްމަދު އަކުރަމް

މިއަދު ހަވީރު 16:30 އިން 17:30 އަށް އިހަވަންދޫގެ ހުރިހާސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން މިކަމާއި ގުޅިގެން މިއަދު ކޮށްފައިވާ އިއުލާނުގައިވަނީ، އިންޖީނުގޭގެ ފީޑަރ ޕެނަލްގެ އަޕްގްރޭޑިންގް މަސައްކަތެއްކުރުމަށް މިއަދު ހަވީރު 16:30 އިން 17:30 އަށް މުޅިރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމުގައެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ހައި އަދި ލޯ ވޯލްޓޭޗް ކޭބަލް އެޅުމުގެ އިތުރުން، ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.