Banner Image Description

އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ކުޅުން މާދަމާރޭ ފަށާނެއެވެ. މިމަހުގެ 14 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ އިހަވަންދޫ ޕޮލޮސް ސްޓޭޝަނާއި، ފެނަކަ، (އިހަވަންދޫ ކައުންސިލް، ކޯޓް، އެމްޓީސީ ކޮމްބައިން ޓީމް) އަދި (ސްކޫލް، މަރުކަޒު ކޮންބައިން ޓީމް) އެވެ. ކުރިން މިރޭ މިމުބާރާތް ފަށަން ހަމަޖައްސާފައިވާނަމަވެސް މުބާރާތަށް ރެފްރީން ގެނައުމުގައި ދިމާވި ކަމެއްގެ ސަބަބުން، މުބާރާތް މާދަމާރޭ ފަށާގަތަށް ފަސްކުރީއެވެ. އެހެންކަމުން މުބާރާތުގެ ޝެޑިއުލަށް އެއްދުފަހުގެ ޑިލޭއެއް އަންނާނެއެވެ.

މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކަ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނެވެ. އަދި  ދެވަނަ މެޗްގައި ބައްދަލުކުރާނީ (އިހަވަންދޫ ކައުންސިލް، ކޯޓް، އެމްޓީސީ ކޮމްބައިން ޓީމް) އަދި (ސްކޫލް، މަރުކަޒު ކޮންބައިން ޓީމް) އެވެ. މިމުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ މާދަމާރޭ 20:15 ގައެވެ. އެއިވެންޓް މިނޫހުން ލައިވް ކުރާނެއެވެ.
ފެނަކަ މިފަހަރު ނުކުމެފައިވަނީ މުބާރާތުގެ ތަށި މިލްކް ކުރުމަށެވެ. ވޭތުވެދިޔަ 2 މުބާރާތުގެ ޗެމްޕިއަނުންނަކީވެސް ފެނަކައެވެ.