ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލްގެ ދެވަނަ ޖާގަ ކްލަބް އައި.ޕީ.އެސް ކަށަވަރު ކޮށްފިއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި 2-1 އިން ސީ.އެމް.ސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗްގެ ފުރަތަމަ ގޯލް ފެނިގެންދިއައީ ފުރުތަމަ ހާފްގެ 14 ވަނަ މިނެޓްގައެވެ. އެގޯލް ޖެހީ އައި.ޕީ.އެސް ގެ މުހައްމަދު އާދަމްއެވެ. އައި.ޕީ.އެސް ގެ ލީޑް ފުޅާ ކޮށްދިނީ އަލީ ހުސައިންއެވެ. އެގޯލް އޭނާ ޖެހީ ފަހު ހާފުގެ ފުރަތަމަ މިނެޓްގައެވެ. ސީ.އެމް.ސީގެ ހަމައެކަނި ގޯލް ޖެހީ ފަހު ހާފްގެ 17 ވަނަ މިނެޓްގައި އެޓީމްގެ އަލީ ފަވާޒެވެ.

މިމުބާރާތުގެ ފައިނަލްގައި ކްލަބް އައި.ޕީ.އެސް ނުކުންނަން ޖެހޭނީ އައި.އެސް.އޭޑީ.އެޗް.ސީ އާއި ދެކޮޅަށެވެ. އެމެޗް ކުޅޭނެ ވަކިތާރީހެއް އަދި ކަނޑައެއް ނާޅައެވެ.